މި އަހަރުގެ އަޟްހާ އީދު ދުވަހާއި ވަޅު އީދު ދުވަހު މާލޭގައި ފައިމަގުގައި އުޅޭނެ ވަގުތުތަކެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
މާލޭސިޓީގައި ވެހިކަލް ދުއްވުން މަނާކޮށް ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވަނީ އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.
ކޮންމެ އީދަކާ ދިމާކޮށްވެސް މާލޭގައި ހިނގާފައި އުޅުމަށް ޚާއްޞަ ވަގުތެއް ކަނޑައަޅައެވެ.