މިއަދު ފަތިހުގެ އިރު އުދަރެހުން ތޮޅެލީ ކަންފަތަށް އަޑުއަހަން އުނދަގޫ އަޑަކާއެކުއެވެ. ދެކުނު ރަށެއްގައި އުމުރުން އެންމެ 2 އަހަރުގެ އަލިފާނެއް ފެނެއް ވަކިނުވާވަރު ތުއްތުތުއްތު ކުއްޖެއްގެ ޢިއްފަތް އަމިއްލަ ބައްޕަ، ކާފަ އަދި މުނިކާފަ ނަގާލި މުޑުދާރު ވާހަކައެވެ. ކިރިޔާ ގަހުން ނިކުތް ކުޑަކުޑަ ފިނިފެންމަލެއް، ރައްކާތެރިކަން ދޭންޖެހޭ 3 އަތަކުން ޗިސްޗިސްކޮށްލީއެވެ. އިންސާނުންގެ ސިފައިގައި ތިބި ޙައިވާނުން ނޫންހެއްޔެވެ؟ ޖަނަވާރުންވެސް އެތަކެތީގެ ދަރިން ކޮންެމެފަދަ ހާލެއްގައިވެސް ހިމާޔަތްކުރެއެވެ. އެހެނަސް މިއީ ޝަހުވާނީ އެދުމުގައި ހައްދުފަހަނައެޅިޔަސް ބޮޑުވަރު ނޫންހެއްޔެވެ؟ ކޮންހިންހަމަޖެހުމެެއް ލިބޭނެކަމަށް ހިތާހެެއްޔެވެ؟ ނުބައިކަމާއި ނުލަފާކަމުގައި ހައްދުފަހަނަ އެޅުން ނޫންދެން ކޮންކަމެއް ހެއްޔެވެ؟ އެމައުސޫމު ޖިސްމުގެ މުސްތަޤުބަލް ބަރުބާދުކޮށްލީއެވެ. ހަޔާތް ބަރުބާދުކޮށްލީއެވެ. މިއަދު ފާހާނާ އަށް ވަނުމަށް އެ ތުއްތު ކުއްޖާ ބިރުގަނެއެވެ. ނެޕީ ބަދަލުކުރަން ޖެހިލުންވެ އެވެ. އަބަދު ސިހިސިހި، ރޮވިފައެވެ. ނަފްސާނީ ގޮތުން ކުއްޖާއަށްވެފައި ހުރިވަރެވެ. އެތުއްތު ކުއްޖާ ބައްޕީ އައްދޮކުރީ، ބައްޕަ(ކާފަ) އައްދޮކުރީ، ބޮޑު ބައްޕަ (މުނިކާފަ) އައްދޮކުރީ ކިޔާ ދޮގުހަދަން އިނގޭނެ ހެއްޔެވެ؟ އެވޭން ތަސައްވަރު ކޮށްލަން އުނދަގުލެވެ. ކުއްޖާ ބެލި ޑޮކްޓަރ ޝަހާދަތް ކިޔާ ލޮލުން ކަރުނަ އަންނާނީ ގައިމު ކަމެއްވީމަތާއެވެ؟
ކުރާނެކަމެއް ނެތެވެ. ހަފްތާއެއް ދެހަފްތާއެއް ވަންދެން ސޯޝަލް މީޑިޔާގައި، ހަބަރުތަކުގެ ފަލަ ސުރުޙީތަކުގައި އަދި ޓީވީ ޕްރޮގްރާމްތަކުގައި ޖަޒްބާތުގައިޖެހި، ރުޅިވެރި އިޙްސާސްގައި މިވާހަކަ މެދުނުކެނޑި ދެކެވޭނެއެވެ. އޭގެ ފަހުން އެކަން ހިތުން ފިލާދާނެއެވެ. މަޑުމަޑުން އެއަޑު މަޑުވާނެއެވެ. އިބްތިހާލްގެ އަޑު މިއަދު އިވޭހެއްޔެވެ؟ ނުއިވެ ނޫންހެއްޔެވެ؟ އެއީ އެކަން ހިނގާނެ ގޮތެވެ.
.
ސުވާލަކީ އިންސާނުން ސިފައިގައި ތިބި އެފަދަ ޖަނަވާރުންނަށް ދެވޭނެ އަދަބެއް މިޤައުމުގައި އެބައޮތްހެއްޔެވެ؟
މިތާ ނުކުރާ ނުބައިކަމެއް ފާފައެއް، މުންކަރާތެއް އެބައޮތްހެއްޔެވެ؟ އެހެނަސް ދެވޭނެ އެކަށޭނެ އަދަބެެއް ނެތެވެ. ހައްޤަކާ ނުލާ ރަހުމެއްނެތި މީހުން މަރާފަ އެއްބަސްވެ ކިޔާދެނީއެވެ. މަގުތައްމަތީވެސް ޒިނޭ އާންމުވެފައެވެ. މާރާމާރީއާއި ވައްކަމެވެ. ކުޑަކުދިންގެ އިއްފަތް ފޭރެނީއެވެ. ސިއްރާއި ފާޅުގައި ހަށިވިއްކަނީއެވެ. ރާބޮއެ، މަސްތުވެ ތަންތާ ބިއްޖެހި އަމަލުވަނީއެވެ. އެއްޖިންސުން ގުޅުން ހިންގާ އަމިއްލައަށް ފޮޓޯއާންމުކުރަނީއެވެ. ރިޝްވަތާއި ޙިޔާނާތެވެ. ﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖަހަނީއެވެ. މާތްވެގެންވާ އިސްލާމްދީންދޫކޮށް މުރުތައްދުވަނީއެވެ. އަދިވެސް… އަދިވެސް…
.
ސުބްޙާނަ ﷲ! އެހެނަސް މިއިންއެއްވެސް ކަމަކަށް ދީނުގައި އަންގަވާފައިވާ އަދަބު ދެވޭތޯ؟ ބަދަލުގައި ދެނީ ހިމާޔަތާއި ރައްކާތެރިކަމެވެ. އަދަބުުލުއިކޮށް މާފްދިނުމަށް އަޅުގަނޑުމެން ހަލްޤުކުރައްވާ ދިރިއުޅުމުގެ އެންމެހާކަމެއް ފުއްދަވައިދެއްވާ ރިޒްޤުތަނަވަސްކޮށްދެއްވި ޚާލިޤުވަންތަ އެއްކައުވަންތަ އިލާހަށްވުރެ ރަހުމުހުރި އޯގާވެރިއަކަށް ނުވަތަ އިންސާފުވެރިއަކަށް އަޅުގަނޑުމެންނަށް ވެވޭނީ ކިހިނަކުންތޯއެވެ؟ އެކަލާނގެ ބާއްވާލެއްވި ޤާނޫނަކީ ނުވަތަ ޝަރީއަތަކީ އޭގައި އެއްވެސް އުނިކަމެއްނުވާ އަދި ހުރިހާ ޒަމާނަކަށް އެކަށޭނަ ޤާނޫނެކެވެ. އެ ޤާނޫނަކީ އެހެން އެއްވެސް ފަރާތެއްގެ ޚިޔާލެއް މަޝްވަރާއެއް ބޭނުންވާނޭ ޤާނޫނެއް ނޫނެވެ. އެކަލާނގެ ބާއްވާލެއްވި އިލާހީ ޤާނޫނުގެ އަސާސަކީ މީސްތަކުންގެ މެދުގައި އިންސާފް ޤާއިމްކުރުމެވެ.އެއްވެސް މީހަކީ އަނެކާގެ މައްޗަށް ގަދަވެގަނެވޭނޭ މީހެއްނޫންކަން ބަޔާންކޮށްދެއްވުމާއެކު އެކަން މި ބިންމަތީގައި ތަންފީޒްކުރުމެވެ.
އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަން ރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލް އިންސާފުގެ ތިލަފަތް ބާއްވާލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލް އިންސާފު ޤާއިމްކުރުމަށްޓަކައެވެ. އަދި ތިމަން ރަސްކަލާނގެ ދަގަނޑު ބާއްވާލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއް ވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އާއި، އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ އެކަން އެންގުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ ޢަޒީޒްވަންތަ ރަސްކަލާނގެއެވެ.“ (الحَدید 57:25)
.
ދީނުގައި އަންގަވާފަައިވާ އިސްލާމީ ޝަރީއަތަށް އަމަލުކޮށްގެން ނޫނީ މިމުޖުތަމަޢު އިސްލާޙު ނުވާނެއެވެ. ހައްދު ކަނޑައެޅިގެންވާ ކުށްތަކަކީ އެފަދަ ކުށްތަކަށް ދެވޭ އުޤޫބާތުގެ ސަބަބުން އެހެންމީހުންނަށް އެއިން ފިލާވާޅު ލިބިގަތުމަށާއި މުޖުތަމަޢު އިސްލާޙްކުރުމަށް ކަނޑައެޅިފައިވާ އުޤޫބާތްތަކެކެވެ. ހައްދު ކަނޑައެޅިގެންވާ ކުށްތަކަކީ މުޅި މުޖުތަމަޢުއަށް އޭގެ ނުބައި އަސަރުތައް ފެތުރިގެންދާ މުޖުތަމަޢު ފަސާދަކުރުވަނިވި ކުށްތަކެވެ. އެއީ ކަމަކަށް ނަހަދާ ދޫކޮށްލާވަރު ކަންކަމެއް ނޫނެވެ.
.
އެހެނަސް ސަތޭކަ ޕަސެންޓް މުސްލިމުކަމަށް ދަޢުވާކުރާ މިޤައުމުގައި ޤާނޫނު އަސާސީ އާއި އެކު ޤާޟީން ޙުކުމް ކުރުމުގައި ބަލަންޖެހެނީ މަޖިލީހުން ފާސްކުރާ ޤާނޫނު ތަކަށާއި، ޤާނޫނު އަސާސީއަށް ކަމުގައި ވަނީވެފައެވެ.އިސްލާމި ޝަރީޢަތަށް އަމަލުކުރުމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަ ބަލަން ޖެހޭ އެއްޗަކަށް އަމިއްލަ އަތުން ހަދާ ފާސްކޮށްފައިވާ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް މިވަނީވެފައެވެ.އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިލާހީ ޤާނުނުތައް އެއްކިބާކޮށް ހަމައެކަނި އިންސާނުންގެ ވިސްނުމުން ހަދާފައިވާ ހުކުމްތަކާއި ޤާނޫނުތައް މީސްތަކުންގެ މައްޗަށް ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢު މިވަނީ ފަސާދަވެގޮސްފައެވެ. އެކަލާނގެ ބާއްވާލައްވާފައިވާ ޤާނޫނުތައް އެއްފަރާތްކޮށް އެއަށްވުރެ މޮޅު ޤާނޫނެއް އަޅުގަނޑުމެން އިންސާނުންނަށް އުފެއްދިދާނެހެއްޔެވެ؟
.
ވީއިރު އަޅުގަނޑުމެންގެ މުޖުތަމަޢު ހަމަމަގަށް އަޅުވާ އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރެވޭނީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އޯގާވަންތަ ރަޙްމާންވަންތަ ރަޙީމްވަންތަ އަދި އެންމެ އިންސާފްވެރި އިލާޙް ﷲ ﷻ އަޅުގަނޑުމެންނަށް ބާއްވާލައްވާފައިިވާ ޝަރީޢަތް ފުރިހަމަގޮތުގައި ތަންފީޒުކުރެވިގެންނެވެ.
އާއެކެވެ! ހައްލުހޯދަން އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން ނޫންގޮތެއް ނެތެވެ.🥀
-އަހުނާ-